٣٠.٨.٠٨

މަންމަ ދަރިއަކަށްޓަކައި ކުރި ސުވާލާއި، ޝޭޚު ދެއްވި ޖަވާބު.

ފޮޓޯ: www.qalamoun.com

އަންހެނަކު ސުވާލުކުރިއެވެ. އަޅުގަނޑުގެ ފިރިހެންދަރި އޭނާގެ އުމުރުން ސަތާރަ އަހަރުގައި ކާރު އެކްސިޑެންޓެއްގައި ވަނީ މަރުވެފައެވެ. އެކްސިޑެންޓުގައި އޭނާގެ އެއްވެސް ކުށެއް ނުވެއެވެ. އޭނާ ނަމާދެއް ނުކުރެއެވެ. ދޯދަމަހު ރޯދައެއް ނުހިފައެވެ. ފަހެ އަޅުގަނޑާއި އޭނާގެ އަޚުންނަށް އޭނާގެ މަތިން އޭނާގެ ރޯދަތައް ޤަޟާކުރުން ހުއްދަވާނެތޯއެވެ؟ އަދި ހަމަ އެފަދައިން އޭނާގެ މަތިން އަޅުގަނޑު ނަމާދުކޮށްދީފިނަމަ އެނަމާދުގެ ޘަވާބު އޭނާއަށް ލިބޭނެތޯއެވެ؟

ޖަވާބު: ހަމަކަށަވަރުން އިންސާނާ މަރުގެންދާއިރު، އޭނާއަކީއޭނާގެ ޙަޔާތުގައި ނަމާދު ނުކޮށް އަދި ރޯދަ ނުހިފާ އުޅުނު މީހެއް ކަމުގައި ވާނަމަ އޭނާއަކީ މުސްލިމެއްކަމުގައި ބެލެވޭނެ މީހެއް ނޫނެވެ.އެހެނީ ހަމަކަށަވަރުން ޤަޞްދުގައި ނަމާދު
އަޅައިފިމީހާއަކީ ކާފިރެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. بين العبد وبين الكفر والشرك الصلاة މާނައީ: އަޅާއާއި ކާފިރުކަމާއި ދެމެދުގައިވަނީ ނުވަތަ އަޅާއާއި ޝިރްކު ކުރުމާއި ދެމެދުގައި ވަނީ ނަމާދެވެ. ޔައުނީ ނަމާދު އަޅައިފި މީހާއަކީ ކާފިރުވެއްޖެ މީހެކެވެ.ނުވަތަ ޝިރުކު ކޮށްފި މީހެކެވެ. އެހެންކަމުން ތަވްބާނުވެ ހުރެ މިފަދަ ޙާލަތެއްގައި މަރުވެއްޖެ މީހާއަށް އިސްތިޣްފާރުކޮށް ދުޢާކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ދަންނާށެވެ! އޭނާއަކީ މުސްލިމަކު ކަމުގައިވިޔަސް އޭނާއަށްޓަކައި ކަނބުލޭގެ ތިޔަކޮދިން ނަމާދުން އެނާއަކަށް އެއްވެސް މަންފާއެއް ނުލިބޭނެއެވެ. އެހެނީ ހަމަކަށަވަރުން ނަމާދަކީ ބަދަލުގައި ކޮށްދެވޭނެ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ އަޅުކަމެއް ނޫނެވެ.وبالله التوفيق وصلى الله وسلم على نبينامحمد واله وصحبه وسلم.

فتوي:الجنة الدّاؤمة للبحوث والإفتاءو فتوى رقم: 20155 تاريخ 20-10-1419 (ص241).


އަޞްލަށް ރުޖޫޢަވުމަށް

އިތުރަށް ވިދާޅުވުމަށް......

٢٨.٨.٠٨

މެދު ނުކެނޑި އިވޭ އަޑެއް!

dheenee-news.com

ސުބުޙާނަހޫ ވަތަޢާލާގެ ހައިބަވަންތަކަމަށާއި އެއިލާހުގެ ޖައްބާރުވަންތަކަމަށް އަދި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަކީ ރަސޫލެއްކަމަށް ގޮވާލެވޭ އަޑަކީ އަހަރެމެން ދިރިއުޅެމުން މިދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި އަބަދުވެސް ގުގުމާލާފައި ހުންނަ އަޑެކެވެ. މިއީ ތިބާ ހައިރާންވާފަދަ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ މުސްލިމް ދުނިޔެ ދަންނަ ޙަޤީޤަތެކެވެ. ޢަޖައިބެއްފަދަ ހޯދުމެކެވެ.

އިތުރަށް ވިދާޅުވޭ...


އިތުރަށް ވިދާޅުވުމަށް......

١٩.٨.٠٨

ތިމަން ބޭނުމީ އިނގިރޭސީންގެ ގޮތޭ ބުނުން....

ދީނަކީ، މާތްރަސްކަލާންގެއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވުމުގެ ނަމެވެ. މީހަކު ތިމާގެ ކަންތައްތަކުގައި ﷲއާއި ރަސޫލާއަށް ކިޔަމަންވުމަށް އިންކާރުކުރަނީނަމަ، އޭނާގެ ހިތް ވަނީ ޙަޤީޤަތުގައި ދީނުން ހުސްވެފައެވެ. އޭނާގެ ނަމާދާއި އޭނާގެ ރޯދައާއި، އަދި އޭނާގެ ތަޤްވާވެރި ކަމުގެ ސިފައަކީ، މަކަރުވެރިކަން ފިޔަވައި އެހެން އެއްޗެއް ނޫނެވެ.
ހަމަމިގޮތައްﷲގެ ފޮތާއި، އެކަލާންގެ ރަސޫލާގެ އެންގެވުމަށް ފަރުވާކުޑަކޮށް،
އެވެނިކަމެއް އިޚްތިޔާރު ކުރެވުނީ، އިނގިރޭސީންގެ ތެރޭގައި އެކަން ހިނގާތީއެވެ. އެވެނިކަމެއް ޤަބޫލު ކުރެވުނީ، އެކަމުގެ ސަބަބުން، މިވެނި ޤައުމެއް ކުރި އަރާތީއެވެ. އަދި މިވެނި އެވެނިކަމެއް ޤަބޫލުކުރެވުނީ މިވެނި ބޮޑުމީހަކު އެކަން ކުރާތީއެވެ. ވީމާ މިކަހަލަ މީހާއަށްވެސް ތިމާގެ އީމާންކަމުގެ މައްޗައް ރަނގަޅުގޮތް އެދެން ބޭނުންހެއްޔެވެ؟ މިކަންކަން އީމާނާއި އެކުއެކީގައި ޖަމައެއް ނުކުރެވޭނެއެވެ. މުސްލިމެއްނަމަ އަދި މުސްލިމަކަށް ހުންނަން އެދޭނަމަ، ﷲއާއި އެކަލާންގެ ރަސޫލާގެ ބަސްފުޅާއި ޚިލާފް ކޮންމެ ކަމެއް ނަގައި، ބާރަށް ފާރު ބުޑުގައި ޖަހާށެވެ. ތިޔަބައިމީހުންނަށް މިހެން ނުހެދެނީނަމަ، އިސްލާމްގެ ދަޢުވާ، (އިސްލާމެކޭ ކިޔުމުގެ ދަޢުވާ)ތިޔަބައިމީހުންނަކަށް އެކަށީގެނެއް ނުވެއެވެ. ދުލުން ބުނަނީ،އަހަރެން ﷲ އާއި ރަސޫލާ ޤަބޫލުކުރަމެވެ. އެކަމަކު، ތިމާމެންގެ ދިރިއުޅުމުގެ ކަންތައްތަކުގައި އަބަދުމެ، އެހެނިހެން މީހުންގެ ބަހާއި ބަހުގެ މުޤާބަލާގައި (އަޅާކިޔުމުގައި)، ﷲ އާއި އެކަލާންގެ ރަސޫލާގެ ބަސްފުޅު ރައްދުކޮށް
ހުރުމީ، އީމާނެއް ނޫނެވެ. އިސްލާމެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އޭގެ ނަމަކީ މުނާފިޤު ކަމެވެ.

ނޯޓް: މިއީ ތިރީގައިވާ ލިންކުން ނަގައިފައިވާ މަޢުލޫމާތު ކޮޅެކެވެ.
އިތުރަށް ވިދާޅު ވުމަށް

އިތުރަށް ވިދާޅުވުމަށް......

١٨.٨.٠٨

ﷲ ޞުބުޙާނަހޫ ވަތަޢާލާއަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.

އެކަލާންގެ އެއްބަކަށް ހުސް ފިރިހެން ކުދިން ދެއްވައެވެ. އަދި އަނެތް ބަޔަކަށް ހުސް އަންހެން ދަރިން ދެއްވައެވެ. އަދި އަނެތް ބަޔަކަށް ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން ދެއްވައެވެ. އަދި އަނެތް ބަޔަކަށް ދަރިން ނުދެއްވައެވެ. މިއީ އެކަލާންގެ ޤުދުރަތުގެ ޤާނޫނެވެ.

އަދި ހަމައެހެންމެ އެކަލާންގެ އެދިވޮޑިގެންވި ވަރަކަށް މައިމީހާގެ ރަހިމުގައި ދަރިން ލައްވައެވެ. ދެއެކެވެ. ތިނެކެވެ. އަދި މިހެންގޮސް 7 ދަރިންވެސް ދެއްވަނީއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ބޮޑު ނިޢުމަތެކެވެ. މިކަންތައްތަކުން އަހަރުމެން ޢިބުރަތް ލިބެގަންނަން ޖެހޭނެއެވެ. އެކަލާންގެއީ ކޮންމެ އެއްޗެއް އުފައްދަވާ ރަސްކަލާންގެއެވެ. އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.

އިތުރަށް ވިދާޅުވުމަށް......

ތިމާގެ ނަފްސު ޠާހިރުކުރަމާ ހިގާށެވެ.

ވިދާޅުވުމަށް

އިތުރަށް ވިދާޅުވުމަށް......

١٦.٨.٠٨

ﷲއަށް ބިރުވެތިވާކަން ކަށަވަރީ ޢިލްމުވެރިންނެވެ.

އިތުރަށް ވިދާޅުވުމަށް......

١٣.٨.٠٨

ޝުކުރު ވެރި ވާށެވެ!

ﷲ ޞުބުހާނަހޫ ވަތަޢާލާ އަހަރުމެން ލައްވާފައިވަނީ ވަރަށް ނިކަމެތި ގޮތެއެއްގައެވެ. ފެންތިއްކަކުން އުފެދިގެން އަންނަ ގޮތެއްގައެވެ. އެއަށްފަހު ލޭ ކޮޅަށެވެ. އަދި މަހަށެވެ. މިފަދަ މަރުހަލާ ތަކަކުން އިންސާނާ އުފެދިގެން އަންނަނީ މައިމީހާގެ ބަނޑު ތެރޭގައެވެ. އެއަށްފަހު މިދުނިޔެއަށް ނޭވާލަނީ ނިކަމެތި ހާޅުގައެވެ. އެއްވެސް އެއްޗެކޭ ނުބުނެވޭ ހާލުގައެވެ. އިވުމެއް ފެނުމެއް އަދި ވިސްނުމެއް ނުވާ ހާލުގައެވެ. ދެން އެއަށްފަހު ﷲ ޞުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް އިވުން ދެއްވިއެވެ. އަދި އެއަށްފަހު ފެނުން ދެއްވިއެވެ. އަދި ވިސްނުން ދެއްވިއެވެ.
ނިކަންހުރެ ވިސްނާލަ ބަލާށެވެ. ތިބާއަށް އިވުން ދެއްވި ﷲ އަށް ޝުކުރުވެރި ވެވޭ ހެއްޔެވެ. ޝުކުރުވެރި ވުމަކީ ކަންފަތައް އަޑުއިވޭތީވެ އިވޭހާ އެއްޗެއް އެހުމެއް ނޫނެވެ. އެހެނެއް ކަމަކު އެއީ ﷲ ޞުބުހާނަހޫ ވަތަޢާލާ އެންގެވި ގޮތުގައި އެނިޢުމަތް ބޭނުން ކުރުމެވެ.
އިތުރަށް ވިދާޅުވުމަށް. .

އިތުރަށް ވިދާޅުވުމަށް......

١٢.٨.٠٨

މުދައްރިސުންނަށް ކިމަމަންތެރިވުން- ބީވެފައިވާ އާދައެއް

الإمام الشافعي ވިދާޅުވެފައި ވެއެވެ. كُنْتُ أُصَفِّحُ الْوَرَقَ بَيْنَ يَدَيِ ماَلِكٍ بِرِفْقٍ لِئَلاَّ يَسْمَعَ وَقْعَهاَ " ތިމަންނާ މާލިކުގެފާނުގެ ކުރިފުޅު މަތީގައި ފޮތުގެ ގަނޑުއެއްލަނީ ވަރަށް މަޑުމައިތިރި ކަމާއި އެކުގައެވެ. އެއީ އެއަޑު މާލިކުގެފާނަށް އިވިވަޑައިގެން އުނދަގޫފުޅު ވެދާނެކަމަށްޓަކައެވެ."
الإمام الشافعيގެ މަޝްހޫރު ދަރިވަރެއް ކަމުގައިވާ الربِيْعُ بن سُلَيْمَان ވިދާޅުވެފައި ވެއެވެ. " މާތްﷲ ގަނދީ ބުނަމެވެ. (އަހަރެންގެ މުދައްރިސް) ޝާފިޢީގެފާނު ބައްލަވަން ހުންނަވަނިކޮށް ފެންބުއިމުގެ ހިއްމަތް އަހަރެންނަށް ލިބިގެނެއް ނުބެއެވެ."
الإمام شعبة بن حجّاج ވިދާޅުވެފައިވެއެވެ. " މީހެއްގެ ކިބައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއް ތިމަންނައަށް އެނގިއްޖެނަމަ އެމީހާ ދިރިހުރިހާ ހިނދަކު ތިމަން ހިމެނޭހުށީ އޭނާގެ އަޅެއްކަމުގައެވެ."
މިމަޢުލޫމާތުކޮޅު ނަގައިފައިވަނީ: ދީނީތަޤްރީރު 4 /މިނިސްޓުރީ އޮފް އެޑިޔުކޭޝަން/1991/ ޞަފްޙާނަމްބަރު 36

އިތުރަށް ވިދާޅުވުމަށް......

٥.٨.٠٨

މަޢުލޫދު ކިޔުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްތަ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. (لاتحل لي الصَّدَقَةُ ) މާނައީ: " ތިމަންކަލޭގެފާނުގެ މައްޗައް ޞަދަޤާތް ހަލާލު ނުވާ ހުއްޓެވެ. " އެބަހީ ޞަދަޤާތް ފަރީއްކުޅުއްވުން ﷲ ވަނީ ތިމަންކަލޭގެފާނުންގެ މައްޗައް ޙަރާމް ކުރައްވާފައެވެ. ވީއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޙަރާމްކުރައްވާފައިވާ އެއްޗަކުން ޞަދަޤާތް ދެވޭނީ ކޮންފަދައަކުން ތޯއެވެ؟ ޞަދަޤާތާއި ނަޛުރާއި އަދި އިއުތިކާފަކީﷲ އަށް ޚާއްޞަވެގެންވާ ކަމެކެވެ. ރަސޫލާގެ މައްޗަށް މަޥްލޫގެނަމުގައި ކައްކައިގެން ޞަދަޤާތް ދެވޭހުށީ ކޮންފަދައަކުންތޯއެވެ؟
އަދި މީގެ އިތުރުން މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޚުލަފާޢުއް ރާޝިދޫން ( އަބޫބަކުރު، ޢުމަރު ، ޢުޘްމާން، ޢަލީ ރަޞިޔަﷲ ޢަންހުމާއިން) ކުރެއްވި ކަމެއްނޫނެވެ. މިހެންވީމާ ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވާ ( كل بدعة ضلالة ) " ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. " މިޙަދީޘްފުޅުގައިވާ ބިދުޢައެއްކަމުގައި މެނުވީ މަޥްލޫދު ނުވެއެވެ.
ނޯޓް: މިއީ ތިރީގައި އެވާ ލިންކުން ނަގާފައިވާ ބައެކެވެ.
ވިދާޅުވުމަށް

އިތުރަށް ވިދާޅުވުމަށް......

ތިމާގެ ކުއްފާފަތަކާމެދު އިޚްލާޞްތެރި ތަވްބާވުމަކުން ތަވްބާވާނީ ކޮންދުވަހަކުން؟

އިތުރަށް ވިދާޅުވުމަށް......

ކީރިތި ޤުރުއާނާއި އެޤުރުއާން ބާވާލެއްވި ރޭ(ލައިލަތުލް ޤަދްރި)ގެ މާތްކަން

އިތުރަށް ވިދާޅުވުމަށް......

ފިރިހިމީހާއަށް ކިޔަމަންނުވުމުގެ ޢަޛާބާއި އަދި ކިޔަމަންތެރިވުމުގެ މާތްކަން

އިތުރަށް ވިދާޅުވުމަށް......

٤.٨.٠٨

މީހުންނަށް ދެއްކުމަށް ޤުރުއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއް؟

އިތުރަށް ވިދާޅުވުމަށް......

٣.٨.٠٨

ހަތަރު ނަމާދު ކުރުމަކީ ނަމާދު ޤާއިމް ކުރުމެއް ނޫނެވެ.

އިތުރަށް ވިދާޅުވުމަށް......

ރޯދަ

އިތުރަށް ވިދާޅުވުމަށް......

٢.٨.٠٨

އަހްނެނުންނަށް ޤާޟީކަން ދެވިދާނެތަ؟

އަންހެނުންނަށް ޤާޟީކަން ދިނުމުގެ މައްސަލައަކީ ފަހަކަށް އައިސް ހިލިގެން އުޅޭ މައްސަލައެކެވެ.

އިތުރަށް ވިދާޅުވުމަށް......

* ނަފްސުގެ ބަލިމަޑުކަމާއި ގުޅިގެން އަޚްލާޤީ ތަރުބިއްޔަތުގެ ދަވްރު

އިންސާނާގެ ޖިސްމަށް ބަލިޖެހޭފަދައިން ނަފްސައްވެސް ވަލިޖެހެއެވެ. އަދި ޖިސްމަށް ބަލިޖެހުމުން އޭނާގެ މުޅި ގުނަވަނަށް އެކަމުގެ އަސަރު ކުރުވާ ފަދައިން ނަފްސުގެ ބަލިމަޑުކަމެއް ޖެހުމުން އޭނާގެ އަޚްލާޤަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އަޚުލާޤު ފަސާދަ ކޮށްލައެވެ. އޭނާއަށް ރަނގަޅު ކަންތައްތަކައިގެން ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިގެން ދެއެވެ .
އިންސާނާގެ ޖިސްމަށްޖެހޭ ބަލިތަކުގެ ތެރޭގައި ރޮގާއާއި، ކެއްސުމުގެ ބައްޔާއި އަދި ބޭރައް ހިނގުން ފަދަ ބަލިތައް ޖެހެއެވެ. މިއން ކޮންމެ ބައްޔަކީވެސް އެބައްޔަކަށް އެބައްޔެއްގެ ފަރުވާ ބޭނުންވާ ބަލިތަކެވެ. އަދި އެބަލިތައް ޖެހުމުން އޭނާގެ މުޅިހަށިގަނޑަށް އެކަމުގެ އަސަރު ކުރުވައެވެ. މީހާ ވަރުބަލިވެ ، ކާހިތްނުވެ، އަރާމު ކުރަން ބޭނުންވާ ބަލިބައްޔެވެ. އަދި އެބަލިތަކުގެ ސަބަބުން އޭނާގެ މުޅިހަށިގަނޑަށް އެކަމުގެ އަސަރު ކުރެއެވެ.
ހަމަ މިބީދައިން އިންސާނާގެ ހަށިގަނޑުގެ އެތެރެފުއް ކަމުގައިވާ ނަފްސައްވެސް ބަލިޖެހެއެވެ. އެއީ މާނަވީ ބަލިތަކެކެވެ. މިސާލަކަށް ބޭކާރުވާހަކަ ދެއްކުން، ބޭކާރު ކަންކަމާއި ވިސްނުން، ހަޑިއެއްޗެހި ކިޔުން، ޢީބަ ބުނުން، ދެބައޮޑުވުން ފަދ ަ ކަންތައްތަކެވެ. މިކަންތައްތަކުގެ ސަބަބުން އޭނާގެ ސުލޫކަށް ނުވަތަ އަޚްލާޤަށް ބަދަލު އަންނާނެކަން އެއީ އޮޅުމެއް ނެތް ހަޤީޤަތެކެވެ. އެހެރީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. " ތިބާގެ ދޫ ސީ ވެއްޖައުމަށްދާންދެން ތިބާގެ ހިތްސީދާ ނުވާހުއްޓެވެ. އަދި ހިތް ސީދާ ވެއްޖައުމަށްދާންދެން ދޫ ސީދާ ނުވާ ހުއްޓެވެ. "

އިތުރަށް ވިދާޅުވުމަށް......

އިންސާނާގެ ޞަމީރު އަކީ ކޮން އެއްޗެއް؟

ޞަމީރަކީ އިންސާނާގެ ނަފްސުގައިވާ ފޮރުވިފައިވާ ބާރެކެވެ. އެބާރުން އިންސާނާއަށް ހެވާއި ނުބައި ވަކިކޮށްދީ އަދި އެއަށްފަހު އޭނާގެ ޢަމަލަށް ޖަޒާދީ އަދި އެއީ އެއާއި ޚިލާފުވުމުން ޢުޤޫބާތްދޭ އެއްޗެކެވެ

ޞަމީރުގައި ހިމެނޭ ވަޒީފާތައް
1. ހެޔޮމަޤާއި އަދި ނުބައިމަގު ދައްކައިދިނުން
2. އަދި އެއަށްފަހު އިންސާނާގެ މައްޗައް ހުކުމްކުރުން ( މިއީ ޢަދުލުވެރި ޤާޟީއެއްގެ ދަވްރެވެ).
3. އަދި އެއަށްފަހު އެހުކުމް އޭނާގެ މައްޗަށް ތަންފީޒު ކުރުމުގެ ބާރު( އެއީ ހެޔޮކަމެއް ކުރިނަމަ އެކަމުގެ ޖަޒާ ދެއްވާ ނުވަތަ ހެޔޮކަންތައް ބާރު އަޅައެވެ. ނުބައި ކަމެއް ކުރުމުން ހަރުކަށި ފިކުރުވައްދާ ހިތްހަމަޖެހުން ނަޤާލައެވެ.)ހ

ޞަމީރުގެ ވަޒީފާ އަދާކުރުމުގައި ތަފާތު 3 ބައެއް ހިމެނެއެވެ
1. އިންސާނާގެ ޢަމަލު ތަންފީޒު ކުރުމުގެ ކުރި ( ޝަރުޢީ ބާރު)
2. ތަންފީޒު ކުރުމުގެ ތެރޭގައި (ތަންފީޒީބާރު)
3. ޢަމަލު ފުރިހަމަ ކުރުމަށްފަހު ( ޤަޟާޢީ ބާރު)
މިސާލަކަށް ފުރަތަމަ މަރުހަލާގައި: ފެންބޮވައި ގެންފައިވާ މީހަކަށް ފެން ބޯލުމަށްޓަކައި އެކަމުގެ ވިސްނުން ދެއްވިއެވެ. އެގޮތުން މޭޒުމަތީގައި ހުރި އެހެން ކުއްޖެއްގެ ފެންފުޅިއެއް ބޯލަން ވިސްނިއެވެ. އަދި ދެވަން މަރުހަލައިގައި : އެކަން ތަންފީޒު ކުރިއެވެ. އެއީ އެފެންފުޅި ބޯލުމެވެ. ތިންވަނަ މަރުހަލައިގައި: އޭނާގެ މައްޗައް ހުކުމް ކުރެއެވެ. ތިޔަކުރީ ރަނގަޅު ކަމެއް ނޫނެވެ. މިގޮން އޭނާއަށް ފެންބުއިމުގެ ރާހަތެއް އޭނާއަކަށް ނުކުރިއެވެ. އެއީ އޭނާ އެކުރި ކަންތަކަށް އޭނާގެ ޞަމީރު މަލާމަތް ކުރީއެވެ. އެއީ އެހެން ކުއްޖެއްގެ ފެންފުޅި ބޯލުމުންނެވެ

ހަމަ މިގޮތައް ޞަމީރާއި މީހާ ރަނގަޅު ވުމާއި ދެމުދުވާ ގުޅުމަށް ބަލާލާއިރު ފުރަތަމަ ޞަމީރު މީހާއަށް ތެދުމަގު ދައްކައެވެ. އެކަމަކު މިއީ މީހާ ދީނަށް ތަބާވާ މިންވަރަކުން ލިބޭ ބާރެކެވެ.
މިސާލަކަށް މީހަކު ފުރަތަމަ ފާފައެއް ކުރާއިރު އޭނާގެ އިތައް ބިރުވެރި ކަން ވަދެއެވެ. ނަމަވެސް އެކަމެއް އާދަވުމުން އެކަން އޭނާގެ ޞަމީރު ނުހުއްޓުވާނެއެވެ.
އޭނާ ނުބައި ކަންތައްތައް ކުރާ ވަރަކުން އޭނާގެ ޞަމީރުގެ ބާރު ކެނޑެމުން ދެއެވެ. އަދި އޭނާގެ އީމާންތެރިކަން މަތިވާ ވަރަކުން އޭނާގެ ޞަމީރު އޭނާގެ ނަފްސުގެ މައްޗައް ޤަދަވެގަނެއެވެ. .
.

އިތުރަށް ވިދާޅުވުމަށް......

ޣީބަ ބުނުމާއި ޣީބަބުނަން ދިމާވާ ސަބަބުތައް


ދުލުގެ މުސީބާތްތަކުގެ ތެރެއިން ޣީބަ ބުނުމާއި ޣީބަބުނަން ދިމާވާ ސަބަބުތައް

ޣީބަ ބުނުމަކީ އަހަރުމެންނަށް ވަރަށް ގިނަ އިން ކުރެވޭ ކަމެކެވެ. މިއީ ބޮޑު ފާފައެކެވެ. ތިބާ ދިރިހުއްޓާ އެމީހެއްގެ މަސްކެއުމަށް ތިބާރުހޭނަންހެއްޔެވެ. އެއީ އެވާހަކައެއް ދެއްކުމުން އެބުނެވުނު މީހާ ނުރުހޭ ވާހަކައެއް އެހެން މީހުންކައިރީހައި ދެއްކުމެވެ. ނުވަތަ އެގޮތައް ދެއްކުމެވެ. މިހާރު މިޒަމާނުގައި ޣީބަ ކުރަހާތަންވެސް ފެންނަމުން ދެއެވެ.

ޣީބަ ބުނުމަށް މެދުވެރިވާ ސަބަބުތައް
1. ރުޅިވެރިކަމެއް ފިލުވާލުމަށް
2. އެކުވެރިންނާއި ބައިވެރިވުމުން
3. ތިމާގެ ނަފްސު މަތިކަމުގައި ދެކެ، އެހެންމީހުންގެ ނަފްސު ދައްކަމުގައި ދެކޭހިނދުގައ އޭނާއީ ޖާހިލެއްކަން ނުވަތަ ކިޔާއެއްޗެހި ނުވިސްނޭ މީހެއްކަމުގައި ދެކޭހިނދު ގައެވެ.
4. މަޖާކޮށްލުމަށްޓަކައި: މަޖާކޮށް ހެއްވާލުމަށްޓަކައި މީސްމީހުން ވާހަކަ ދައްކާފަދައިން ވާހަކަދައްކާ ގޮތައް ދެއްކުންވެސް ހިމެނެއެވެ. ( المختصرمنهاج القاصدين الأحمد بن عبد الرحمن بن قدامة المقدس,171. 172 (سخة محفق ) مؤسسة علوم القران 978م)
4]

އިތުރަށް ވިދާޅުވުމަށް......

މިހާރު ކުރިއަށްދާ ޝަޢުބާން މަހަކީ

މިހާރު ކުރިއަށް މިދާ މަހަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ރޮދަމަސް ފިޔަވާ އެންމެ ގިނައިން ރޯދަ ހިތްޕެވި މައްސަރެވެ. ވީމާ އެންމެހާ މުސްލިމުންނާއި މުސްލިމު އަންހެނުންވެސް އެކަލޭގފާނާއި ތަބާވެ ވީހާ ގިނައެއްކޮށް މިމަހުގައި ރޮދަ ހިފުން ހުއްޓެވެ.މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަދި އެކަލޭގެފާނުގެ އަޞްޙާބުން ރޯދަމަހަށް އިސްތިޤްބާޅު ކުރި ގޮތެވެ. އެބޭދފުޅުން އިސްތީޤްބާލްކުރީޢަކީ މިހާރު އަހަރުމެން އިސްތިޤބާލު ކުރާ ބީދައަކުން ބެޑުރޫމް ސެޓާއި، ބަދިގޭ ސާމާނާއި އަދި ގޭދޮށަށް ވެލިލުން ފަދަ ކަންތައްތައް ކޮށްގެންނެއް ނޫނެވެ. ވީމާ ފަލާޙާއި ކާމިޔާބު ލިބުމަށްޓަކައެވ. އަހަރުމެން ތަވވާންވާނީ އަހަރުމެންގެ ރަސޫލާ ދަސްކޮށްދެއްވި ގޮތެވެ. އެނޫން ގޮތްގޮތައް ތަބާ ވުމަކުން އެމަހުގެ ދަރުމައާއި ޘަވާ ބުއަހަރުމެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ! ވިސްނާލުން ހުއްޓެވެ! ް

އިތުރަށް ވިދާޅުވުމަށް......
 

© 2008 Filaavalhu,Republic Of Maldives
E-mail:filaavalhu@gmail.com
Free Web Counter