١٤.٩.٠٨

މުޅިރޭގެ ޘަވާބު ހޯދާނީ ކިހިނެތް؟

ވިފާޅުވުމަށް

އިތުރަށް ވިދާޅުވުމަށް......

١٢.٩.٠٨

ނަމާދު ޤާއިމް ނުކުރާ މީހެއްގެ ކިބައިން ރޯދަ ޤަބޫލެއް ނުކުރެވޭނެއެވެ.

ދީނީ ނިވުސް .ކޮމް

ރޯދައާއި ނަމާދާއި ހުރި ގުޅުމާއި ބެހޭގޮތުން فضيلة الشيخ محمد صالح العثيمين رحمه الله އާއި ކުރެވުނު ސުވާލުގެ ޖަވާބުގައި شيخ ވިދާޅުވިއެވެ. "... އޭ ނަމާދު ނުކޮށް ރޯދަހިފާ މީހާއެވެ! ތިބާ ބޮޑު ފާފައިން ރައްކައުތެރި ނުވަމެވެ. ފަހެ ނަމާދު އެޅުމަށްވުރެ ވަކި ބޮޑުފާފައަކީ ކޮބައި ހެއްޔެވެ! އެހެނީ ނަމާދު އެޅުމަކީ ކުފުރެކެވެ. އަދި ތިބާގެ ކިބައިން ތިބާގެ ރޯދަވެސް ޤަބޫލު ނުވާހުއްޓެވެ..."

އޭ ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ! ތިމާއަށް ނަމާދު އެޅިފައިވާނަމަ އަވަހަށް ތައުބާވާށެވެ. ފާފަކުރުން ހުއްޓާލައި ކުރެވިފައިވާ ފާފައާއި މެދު ހިތާމަކޮށް ފާފަ ނުކުރުމަށް ޢަޒުމް ކަނޑައަޅަންވީއެވެ. ކުފުރުން ސަލާމަތްވެ މުއުމިނުންގެ ތެރެއިން ވުމަށް އަވަސްވެގަންނާށެވެ. ނަރަކައިގެ ޢަޒާބަށް ބިރުވެތިވާށެވެ!

ނޯޓް: މިއީ ދީނީ ނިވުސް އިން ނަގާފައިވާ މަޢުލޫމާތު ކޮޅެކެވެ. އަސްލަށް ރުޖޫޢަވުމަށް ...


އިތުރަށް ވިދާޅުވުމަށް......

١٠.٩.٠٨

މީގެ 100 އަހަރު ފަހުން އަހަރުމެން ވާނީ ކޮންތާކު؟

މީގެ ގާތްގަޑަކަށް ސަތޭކަ އަހަރު ކުރިން އަހަރުމެންވީ، އަދި ވާނީ، ކޮންތާކުހެއްޔެވެ. އަހަރުމެން އުޅުނީވެސް އެއީ ފޮރުވިގެންވާ ޢާލަމެކެވެ. ޣައިބުގެ އާލަމެކެވެ. އަހަރުމެންގެ ނަމެއްވެސް ނުގަންނަ ދުވަސްވަރެއް އަހަރުމެންނަށް އައެވެ. ނަމަވެސް އަހަރުމެން މިހާރު މިދަތުރުކުރަނީ ދަތުރުވަރެއްގައެވެ. ގާތްގަނޑަކަށް މިދަތުރުގައި ސަތޭކަ އަހަރު ނަގާކަމަށް ބަލަމާ ހިނގާށެވެ.
ކީއްކުރަން އަހަރުމެން ދުނިޔެއަށް ފޮނުއްވީ؟ ކީއްކުރަން އަހަރުމެން އުފެއްދެވީ؟ އަދި އަހަރުމެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް؟ އަދި އަހަރުމެން މަރުވެ، ދިރުއްވަނީ ކީއްކުރަން ހެއްޔެވެ؟ މިކަންތައްތަކާ އަހަރުމެން ކޮންމެ މީހަކުވެސް ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ.



ދުނިޔޭގެ އުމުރަށް ބަލާއިރު އަހަރުމެންގެ އުމުރަކީ ދާދި ކުޑަކުޑަ ދުވަސް ކޮޅެކެވެ. އެހެންވެ އަހަރުމެންގެ މިދިރިއުޅުން ސިފަކުރައްވަނީ ދަތުރު ވެރިއެއްގެ ސިފައިގައެވެ. އަހަރުމެންނީ އެއްޢާލަމުން އަނެއް ޢާލަމަސް ދަތުރުކުރާ ދަތުރުވެރިއެކެވެ.

އާއެކެވެ. އަހަރުމެން ދުނިޔެއަށް ފޮނުއްވީ އަހަރުމެން އިމްތިޙާން ކޮށްލުމަށެވެ. އެންމެ ޙެޔޮޢަމަލުކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައެވެ. ﷲ ތަޢާލާ އަހަރުމެންގެ ކިބައިން އެއްވެސް އެއްޗެއް ބޭނުންވެ ވޮޑިއެއް ނުގަންނަވައެވެ. އަހަރުމެން އެކަލާންގެއަށް އީމާންވުމަކުން، އެކަލާންގެއަށް ލިބިގެންވާ މަތިވެރިކަމެއް ނުވެއެވެ. އަދިކިއެއްތަ އަހަރުމެން އެންމެން ކާފިރުވުމަކުން އެކަލާންގެ ޙަޟުރަތައް އެއްވެސް ކަމެއް އުނި ނުވޭމެއެވެ. އުރި ހަލާކެއް ހުރީ ހަމަ އަހަރުމެންނަށެވެ. އެކަލާންގެއީ ފުދިވޮޑިގެންވާ އިލާހުއެވެ.

އަހަރުމެންނަށް މިދަތުރުގައި ލިބިފައިވާ ވަގުތު ހަމަވަމުން މިއޮށްދަނީއެވެ. ރެއަކަށްފަހު ރެއެކެވެ. ދުވާލަކަށްފަހު ދުވާލެކެވެ. ހަފްތާއަކަށްފަހު ހަފްތާއެކެވެ. އަހަރުމެންނަށް މިވަގުތުގެ ބޭނުން ހިފޭހެއްޔެވެ. ނޫންނަމަ އަހަރުމެންވެސް ވާނީ އޭ ﷲ އެވެ! އަދި އެއްފަހަރު ދުނިޔެއަށް އަބުރާ ފޮނުއްވާންދޭވޭ ކިޔާ ދުޢާ ދަންނަވާ މީހުންންގެ ތެރެއިންނެވެ. ނުކުރެވި ހުރި ހެޔޮކަންތައް ކުރުމަށެވެ.

މިއީމާންކަން ﷲ ޞުބުޙާނަހޫ ވަތަޢާލާ ލެއްވީ އެންމެ މަތިވެރި ޢަމަލުކަމުގައެވެ. އީމާނަކީ އެންމެ މަތިވެރި ޢަމަލު ކަމުގައި ވަނީކީއްވެ ހެއްޔެވެ؟ ޢީމާން ކަމަކީ ﷲ އާއި އެކަލާންގެ އަޅާއާއި ދެމެދުވާ ގުޅުމެކެވެ. އީމާންކަމަކީ ޢަމަލު ޤަބޫލު ކުރުމުގެ ޝަރުޠެވެ. އަދި މިއީ އިންސާނާއާއި މުޅި ދުނިޔެ އިސްލާޙް ވުމުގެ ސަބަބެވެ. އަދި ހަމަ އެހެންމެ އަހަރުމެންނަށް ރަސޫލުން ފޮނުއްވީ އަހަރުމެންނަށް ބަޔާންކޮށްދެއްވިއެވެ. އެހުރިހާ ރަސޫލުބޭކަލުން ފޮނުއްވީ ކީއްކުރަން ހެއްޔެވެ؟ އަދި އެމުޢްޖިޒާތްތަކާއި އަދި ހެކިތައް ބަޔާންކޮށްދިނި ކޮންކަމަކަށް ހެއްޔެވެ.

އަހަރުމެން މަސައްކަތުގައި ދުނިޔެ ހޯދުމުގައި، ބުރަކޮށް މަސައްކަތްކޮށް، ދުނިޔެ ނިމިދަނީއެވެ. ދުނިޔޭގެ ޙަޤީޤަތަކީ ކޮބައިކަމެއް ނޭންގިއެވެ. މިހެން އުޅެ، ދުނިޔެއިން ވަކިވުމަށް އަމުރުއައުމުން ނިކުމެގެންދަނީއެވެ. މިދުނިޔޭގެ ޙަޤީޤަތަކީ ކޮބައިކަން ނޭންގި ހުއްޓައެވެ. އަހަރުމެން މީގެ ސަތޭކައެއްހާ ދުވަހު ތިބޭނެ ތަނަކާއިމެދު ވިސްނާ ފިކުރުކުރާކަށް އަދިވެސް ނުވޭ ހެއްޔެވެ. މިއީ ޔޯލަ ވާހަކައެއް ނޫނެވެ. މިއިން އިސްތިސްނާވާނޭ ހަމަ އެކެއްވެސް ނުވެއެވެ. އާދެ އެއީ މަރެވެ.

އިތުރަށް ވިދާޅުވުމަށް......
 

© 2008 Filaavalhu,Republic Of Maldives
E-mail:filaavalhu@gmail.com
Free Web Counter