ޑރ. ޔެހޫޑީ ގޯޑަންއަކީ ދަރިން ލިބުމުގައި މައްސަލަ ކުރިމަތިވާ މީހުންނަށް އެހީތެރިވުމުގައި 1981ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ޑޮކްޓަރެކެވެ. އިނގިރޭސިވިލާރުގެ މަޝްހޫރު ތަރިން ކަމުގައި އެލީ މެކްފަރސަންއާއި ކޭޓް ބްލެންޝެޓްއަށް ވެސް މިމައްސަލައިގާ އެހީތެރިވެދެއްވީ އޭނާއެވެ. ނަމަވެސް އުމުރުން 67 އަހަރުގެ ގޯޑަން މިފަހަރު ނެރުއްވި , އޭނާގެ އަމިއްލަފުޅު ތަޖުރިބާއާއި ސިއްހީ ހޯއްދެވުންތަކުގެ އަލީގައި ނެރުއްވި ދިރާސާ ރިޕޯޓަށް ބައެއް އިނގިރޭސިން އިތުބާރެއް ނުކުރިއެވެ. އެރިޕޯޓާ މެދު އިނގިރޭސި ބައެއް ނޫސްތަކުގައި ލިޔެފައިވަނީ " މައްސަލަތަކެއް ހުރި" ރިޕޯޓެއްކަމުގައެވެ. ސަބަބަކީ އޭނާގެ ރިޕޯޓާއި ހުޅަނގުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ފުށުއެރުމެވެ.
ދިރާސާތަކުން ދައްކާގޮތުގައި އިގިރޭސި ވިލާތުގައެ ކޮންމެ ހަތަރުމީހުންކުރެ އެކަކީ އުމުރުގެ ކޮންމެވެސް އެއްދުވަސްވަރެއްގައި ނަފްސާނީ ބަލިމަޑުކަމަކާ ކުރިމަތިލާމީހެކެވެ. މިކަމުގެ ސަބަބުން ހާސްކަން ކުރިމަތިވެއެވެ. މިއީ ދަރިމައި ނުވުމުގެ އެއް ސަބަބެވެ. މިކަން ފެށެނީ އަޅުގަނޑުމެން ތުއްތުކުދިންގެ ގޮތުގައި ހޭދަކުރާ ދުވަސްތަކުގައެވެ. މިކަމުގެ ސަބަބުން ޕެނިކް އެޓޭކް, އިންސޮމްނިއާ އަދި އެންޒައިޓީ ފަދަ ކަންތައްތަކަކީ މީހުން ކުޑައިރު ބެލެނިވެރިންނާ ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ކަންތައްތަކެކެވެ.
ހުޅަނގުގެ ގައުމުތަކުގައި ދަރިމައިވުމާ ބެހޭ ގޮތުން އެކަށައަޅާފައިވާ ސިޔާސަތުތަކުގައި އިސްކަންދީފައިވަނީ ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށެވެ. މީގެ މައިގަނޑު މަގުޞަދަކީ އަންހެނުން ސަލާމަތްކަމާ އެކު އަވަހަށް ވިހެއުމެވެ. ތުއްތު ކުދިންނަށް މައިންބަފައިންގެ ލޯބި ބޭނުންވާނެ މިންވަރު ހާމަ ކޮށް، ވިދާޅުވަނީ، މައްމަލީގެ ތެރެއިން ދުނިޔެއަށް އުފަންވާއިރު އެންމެ ކުޑަކޮށް ތަރައްގީވެފައި ތިބޭ ބަޔަކީ އިންސާނުންނެވެ. އަދި އިންސާނުން ތަރައްގީވާން ފަށަނީ ދުނިޔެއަށް އުފަންވުމަށް ފަހުގައެވެ. އެހެން ކަމުން ތުއްތުކުދިންގެ ގޮތުގައި ހޭދަކުރާ ދުވަސްތަކުގައި ކުރިމަތިވާ މައްސަލަތަކަކީ އިންސާނުންގެ މުޅި އުމުރުގައި ވެސް ދެމިހުންނަ މައްސަލަތަކެކެވެ.
އަދި ތުއްތުކުދިންނަށް އެކުދިންގެ ތުއްތު އުމުރުގައި ޚާއްޞަކޮށް، ފުރަތަމަ ދެ އަހަރު މަންމަގެ ލޯބި ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އަދި ބައްޕަގެ ލޯބިވެސް އެކުދިންނަށް މުހިއްމެވެ. އަދި މިޒަމާނުގައި މިހުންނަ ކުޑަކުދިން ބަލަހައްޓައިދޭ ގޭގޭގައި ތިބޭ މީހުންދޭ ލޯބިން ތުއްތުކުދިންނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެހެނީ ތުއްތު އުމުރުގައި މަންމަގެ ގައިގާ ތަތްވެގެން އޮންނަން ކުދިން ބޭނުންވާއިރު، އެކުދިން ހިލޭބައެއްގެ އަތްމައްޗައް ދޫކޮށްލުމުން ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އަދި އެމައްސަލަތަކުގެ ގެއްލުން އުމުރުގެ ފަހުގެ އަހަރުތަކުގައި ފެނިގެން ދެއެވެ.
ާ މިރިޕޯޓްގައި މަންމައިން އެމީހުންގެ ތުއްތުކުދީންނާ މެދު ކަންތައް ބަހައްޓަން ޖެހޭނެ ގޮތް ލިއުއްވާފައިވެއެވެ. އެހެންނޫންނަމަ ބުނެވި ދިޔަ މައްސަލަތައް ކުރިމަތިވާނެކަމަށް ވެސް އޭނާ ލިއުއްވާފައިވެއެވެ. ދެއަހަރު ވަންދެން މަންމަގާތު ނިންދަވަންވާނެކަމަށާއި، ކުއްޖާ އުރާނުލައި ގިނައިރު ބާއްވައިގެން ނުވާނެކަމަށާއި، މަންމަ ބަލިވެއްޖެނަމަ އެކަންތައް ކޮށްދޭންޖެހޭނީ ކުއްޖާގެ ބައްޕަކަމަށެވެ. އަދި ދުރުހިލޭބައެއްގެ އަތްމައްޗައް އެކަންދޫކޮށްލައިގެން ނުވާނެކަމަށެވެ. އެހެންނޫންނަމަ ގިނަކުދިންތަކެއް ބޮޑެތިވަމުންދާނީ ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައެވެ.
ނޯޓް: މި ލިޔުމުގެ އަޞްލަކަށް ބައްލަވައިފައިވާނީ ޖަޒީރާ ޑެއިލީ- މުޙައްމަދު ނަސީމު-
ލިޔުއްވާފައިވާ ލިޔުމެކެވެ. http://www.jazeera.com.mv/posts/view/21753

0 comments:
إرسال تعليق