١٥.٥.١٠
ރޭލުގެ ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިއާގެ ވާހަކަ
Posted by
filaavalhu
at
٠٤:٥٥
0
comments
١٣.٥.١٠
ޖިންނިއާއި އެކު ދެކެވުނު ވާހަކަ
10 މެއި 2010 - އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. މިހެންކަމުން އަހަރެންނަށް ދިމާވި މިޙާދިޘާ ތިއަޚުންނާއި އުޚްތުންނާއި އެކު ޙިއްޞާ ކޮށްލާނަމެވެ. މިއީ ތިޔަ އަޚުންނާއި އުޚްތުންގެ އީމާންތެރިކަން އިތުރުކޮށްދޭނެ ފަދަ ހަދިޔާއެއްކަމަށް ވާނެކަމުގައި އުއްމީދު ކުރާ ޙާލުގައެވެ.
ފާއިތުވެދިޔަ މަހުގައި އަހަރެން ޕާކިސްތާނަށް ކުރިދަތުރެއްގައި ޖިންނި އަވަލާފައިވާ އަންހެން ކުއްޖަކަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. އަހަރެން މިކަމުގެ ހުރިހާ ތަފްޞީލެއް ކިޔައިދޭކަށް ނެތީމެވެ. އަހަރެމެން އެތަކެއްޗާއި މެދު ގިނަގިނައިން އަޑުއަހާ ނަމަވެސް ދެކިފައިނުވާ، ﷲ ތަޢާލާގެ ޚަލްޤުތަކުގެ ތެރެއިންވާ މިޖިންނިއާއި އަހަރެންނާއި ދެމެދު ދެކެވުނު ވާހަކަ ތަކަކީ ޙިއްޞާކޮށްލުން ޙައްޤު ވާހަކަ ތަކެއްކަމުގައި ދެކެމެވެ. މިދެކެވުނު ވަހާކަތައް ދެކެވިފައިވަނީ އުރުދޫ އަދި ޕަންޖާބީ ބަހުންނެވެ. މިލިޔުމުގައި މިހިމަނާލަނީ ހުރިހާ ވާހަކަތައް ފުރިހަމަކޮށްނެއް ނޫނެވެ. ނަމަވެސް އޭގެ ބައިތަކެކެވެ.
އަހަރެން ބަންގިންނާއި ޤުރުއާނުގެ ބައެއް އާޔަތްތަކުން ފެށީމެވެ. އޭތި (ނުވަތަ އޭނަ) ދެކޮޅުހެދުން ހުއްޓާލާ އަހަރެންނާ ވާހަކަ ދެއްކުމަށް އެއްބަސް ކުރުވުމަށެވެ. އެއީ ސީތާ ކިޔާ އަންހެން ޖިންނިއެކެވެ. އޭނާ މުސްލިމް އަންހެން ކުއްޖަކަށް ހައެއް ނުވަތަ ހަތް އަހަރު ވަންދެން ގޯނާ ކޮށްފިއެވެ. އެއީ އޭނާ އަމިއްލަ އަށް ފެށިކަމެއް ނޫނެވެ. އެހެންނަމަވެސް މީހަކު ސިހުރު ހަދައިގެން އޭނާ މެދުވެރި ކުރުވީއެވެ. ނަޞޭހަތެއްގެ ގޮތުން އަހަރެން އެންމެ ފުރަތަމަ އޭނާއަށް އިސްލާމް ވުމަށް ގޮވާލީމެވެ. ކަންދިމާ ކުރިގޮތުން އެފަހަރަކީ މީހަކު އޭނާއަށް އިސްލާމްވުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ކުޑަ ސިހުމެއް ލިބުނެވެ.
ސީތާ: ”އަހަންނަށް މުސްލިމަކަށް ވެވޭނީ ކިހިނެއްހެއްޔެވެ.؟“
އަހަރެން: ”ނުވެވޭންވީ ކީއްވެހެއްޔެވެ؟ ކޮންމެ މީހަކަށްވެސް މުސްލިމަކަށް ވެދިދާނެއެވެ.“
ސީތާ: ”އެކަމަކު އަހަރެންނަކީ ވަރަށް ނުބައިނުލަފާ އެއްޗަކީމެވެ. އަދި އަހަރެން ވަރަށް ގިނަ ނުބައި ޢަމަލުތައްވެސް ކޮށްފައިވާނެއެވެ.“
އަހަރެން: ”އެއީކީ މައްސަލެއްނޫނެވެ. ކަލޭ އިޚްލާޞްތެރިކަމާ އެކު ތަޥްބާ ވެއްޖެނަމަ ކަލެއަށް ފާފަ ފުއްސަވާ ދެއްވަވާނެއެވެ. އަހަރެންގެ ރައްބަކީ ގިނަގިނައިން ފާފަފުއްސަވާ ދެއްވާ އިލާހެވެ.“
ސީތާ: ”އެކަމަކު އަހަރެންމީ ޤަރުނުތަކެއް ވަންދެން ހިންދޫ އެއްކަމުގައިވީ އެއްޗެކެވެ. މިހާރު އަހަންނަކަށް ބަދަލެއް ނުވެވޭނެއެވެ.“
އަހަރެން: ”އިސްލާމްދީނަކީ ޙައްޤުދީންކަން ކަލޭ ޤަބޫލުކޮށްފިނަމަ ހަމަޔަޤީނުންވެސް ކަލެއަށް ބަދަލުވެވޭނެއެވެ. ކަލޭ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް އިސްލާމްދީނާއި ބެހޭގޮތުން އޮޅުން ފިލުވަންވީ ނޫންހެއްޔެވެ؟ ކަލެއަށް ނުލާހިކު އަވަހަށް، ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ބާރު ލިބިގެން ވޭނޫންހެއްޔެވެ؟ މިކަން ހޯދާ ބަލައިފިނަމަ ކަލޭފަދަ ޖިންނީން (އެހެންނަމަވެސް މުސްލިމް) ފެންނާނެއެވެ. އެމީހުންނާއި ވާހަކަދައްކާ އަހާބަލަށެވެ. އެމީހުން ކަލެއަށް ދަސްކޮށްދޭނެއެވެ.“
ސީތާ: ”އާ، އަހަންނަށް އިނގެއެވެ. (މުސްލިމް ޖިންނީންގެ) ބޮޑެތި ޤާފިލާ ޤާފިލާތައް އަހަރުމެންގެ ކައިރިންލާފައި ދެއެވެ. އަހަރުމެން އެތަކެއްޗަށް މަލާމަތްކޮށްހަދާ އުޅެމެވެ.“
سبحان الله! އެނާ މިހެން ބުނުމުން ހަމަހަޤީޤަތުގައިވެސް އަހަރެން ވަރަށް އަޖައިބުވިއެވެ. އެކަމުން އަހަރެންގެ ހަނދާނަށް އައީ ޖިންނި ސޫރަތުގެ ފުރަމަ އާޔަތެވެ.
އަހަންނަށް ސިފަވެގެންދިޔައީ ޖިންނީންގެ ބައިގަނޑެއް، އަދި މިހާރުވެސް އެމީހުން ޤާފިލާތަކުގައި ދަތުރުކުރަމުންދާ މަންޒަރެވެ.
އަހަރެން: ”ކަލޭމެން އުޑުތަކަށް އަރާ މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަފުޅު އަޑުއެހުމަށް މަސައްކަތް ކުރާއި ކަލޭމެންނަށް މަލާއިކަތް ބޭކަލެއް ފެނިފައި ނުވޭހެއްޔެވެ؟“
ސީތާ: ”އާނ، އެބޭކަލުން އަހަރެމެންނާއި ދިމާލަށް ހިލަ އުއްކަވައެވެ. އަހަރެންގެ ގައިގައި އެހިލަތަކުން އެތައް ފަހަރަކު ޖެހިފައިވެއެވެ. އޭގެން ހިލަޔަކުން ޖެހި އަހަރެންގެ އަތްވެސް ބިންދައިގެން ގޮސްފައިވެއެވެ.“
ހިނދުކޮޅަކަށް އަރެންގެ ވިންދު ހުއްޓުނު ކަހަލައެވެ. އަހަރެންގެ އަމިއްލަނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އުޑާދިމާލަށް ބަލަން ގަނޑުވެފައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އުޑުގެ މަތީގައި، ﷲ ތަޢާލާގެ ވަރުގަދަ ފާރަވެރިން ކަމުގައިވާ މަލާއިކަތުން، އެއުޑުތައް ދިފާޢުކޮށް ހިމާޔަތް ކުރުމުގައި ދެމިތިއްބަވައެވެ. އެބޭކަލުން ގިނި ހިލަތައް (ސީތާ ބުނިފަދައިން) އެއުޑުތަކަށް އެރުމަށް މަސައްކަތް ކުރާ ޝައިޠާނުންނާއި ދިމާއަށް އުއްކަވައެވެ. ޤުރާނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ތަޢާރުޟު ވުމެއް ނެތިއެވެ.
ﷲ ގަންދީ ހުވާކޮށްބުނަމެވެ. މިބަސްތައް މީހަކަށް އަޑުއިވިއްޖެ ނަމަ، ފަހެ އެމީހެއްގެ ލޮލުން ކަރުނަތައް ފުރި އޮހޮރިގެން ނުދާންވީ އެއްވެސް ސަބަބެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. އުފާވެރިކަމުގެ ކަރުނަތަކެވެ. ފުދިގެންވާ އުފާވެރިކަމެއްގެ ހިތްހަމަޖެހުމެވެ. سبحان الله! ޣައިބުގައިވާ (ލޯތަކަށް ވަންހަނާވެގެންވާ) ކަމެއްގެ ވާހަކަ އެކަން ދެކިފައިވާ އެކަންތައްތަކަށް އީމާންނުވާ އެކަން ޤަބޫލު ނުކުރި އެއްޗެއްގެ ދުލުންކިޔާދެވުނު ހިނދެވެ. އަދި މިވާހަކަ އަޑުއަހާމީހާއަށް ކުރާނެ އަޘަރާއިމެދު ފިކުރު ހިންގާލުމެއްވެސް ނެތިއެވެ. ހަމައެކަނި އަހަންނެއް ނޫނެވެ. އަހަރެން ދުނިޔޭގައި ދިރި ހުރިހާ ހިނދަކު އަހަރެންގެ ފަރާތުން މިވާހަކަ އަޑު އަހާނޭ ކޮންމެ މީހެކުވެސް މެއެވެ.
އަހަރެންނާއި މިޖިންނިއާއި ދެމެދު ދެކެވުނު ވާހަކައިން، އޭނާއަކީ ސިކުންގެ ތެރެއިންވީ އެއްޗެއްކަމާއި، އޭނާ، (މިހާރުމަރުވެފައިވާ) ހިންދޫ (ފިރިހެން) ޖިންނިއަކާ ކައިވެނިކޮށް އޭތީގެ ދީނަށް ބަދަލު ވީކަން އެގުނެވެ. އަދި އޭނާ ޤަބޫލު ކުރީ ފިރިމީހާގެ ދީނަކީ އޭނާގެވެސް ދީން ކަމެވެ. އަދި އޭނާއަކީ މަރުވެފައިވާ ނުބައިމީހެއްގެ ފުރާނަކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއެވެ. މީގެ ކުރިން އޭނާއާއި ދިމާވި އެންމެންނަށް ވެސް މިފަދައިން ބުނެ އޮޅުވާލަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އޭނާ ހަދަމުން ދިޔަ ދޮގުތަކަށް ރައްދުދޭން ފެށުމުން އޭނާ އަދި މަރުނުވާކަމަށް އެއްބަސް ވިއެވެ.
އޭނާ މިކަމާއި (އަހަރެން އޭނާއަށް ހުށައެޅި ކަންތައްތަކާއި) މެދު ވިސްނުމަށް ފުރުޞަތު ދިނުމަށް އޭނާ އަހަރެން ގާތުގައި އެދުނެވެ. އެހެން ނަމަވެސް އަހަރެން އޭނާއަށް މަރާއި ޤިޔާމަތް ދުވަހާއި ބެހޭގޮތުން ހަދާން ކޮށްދިނުމުން، ޢާއްމުގޮތެއްގައި އެސޮރުމެން ބުނަމުން އަންނަ ބުނުމެއް އޭނާވެސް ބުންޏެވެ. ”އަހަރެމެން އުފެދިފައިވަނީ އަލިފާނުން ކަމުގައިވާއިރު، އަލިފާނުން އަހަރުމެންނަށް ޢަޛާބު ދެވޭނީ ކިހިނެއް ހެއްޔެވެ؟“; އެކިފަހަރުމަތިންވެސް އޭނާ ބުނީ އޭނާގެ ދީން ބަދަލުކުރުމަށް ބޭނުން ނުވާ ވާހަކައެވެ. އެންމެ ފަހުން އޭނާގެ އަޞްލު ޙަޤީޤަތާއި ޠަބީޢަތް ހާމަކޮށްދޭ ފަދަ ބުނުމެއް އޭނާ ބުންޏެވެ.
”ﷲ އީ ޚާލިޤުކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އެއިލާހު ކުރިމަތީގައި ސަޖިދައެއް ނުކުރެވޭނެއެވެ.“
لا حول ولا قوة إلا بالله ހަމަ އެދެކޮޅު ހެދުމެވެ. އެބޮޑާކަމާއި ކިބުރުވެރިކަމެވެ. އިބިލީހަށް، ﷲ އީ އޭނާގެ ޚާލިޤުކަން ޔަޤީންވާ ޙާލުގައި ވެސް ސަޖިދަ ކުރުމަށް ދެކޮޅު ނުހަދާ ހެއްޔެވެ؟
ކަލޭ ތިކަންތައް ކުރަނީ ހަމަ ކަލޭމެންގެ ސާހިބާ އިބްލީސް ކަންތައް ކުރިގޮތަށޭ އޭތި ކައިރީ ބުނުމުން އޭނާ ޖަވާބުގައި ބުންޏެވެ.
”އަހަރެމެން އެންމެންނަކީ އެއް ޠަބީޢަތެއްގެ ބައެކެވެ.“ (أعوذ بالله)
މިކަންތައްތަކުން އަހަރެންނަށް ވިސްނުނީ މިސޮރުމެންނަކީ ދެނެގަތުމުގެ ބާރުދަށް ދެކޮޅުހެދުން ގިނަ ބައެއްކަމުގައެވެ. އަދި ﷲ ތަޢާލާގެ މުޢުޖިޒާތްތައް ކުރިމަތިން ފެނުމުންވެސް އީމާންވުމަށް ދެކޮޅުހަދާ ބައެއް ކަމުގައެވެ. އަނެއްކޮޅުން ބަލާއިރު އިންސާނުންނަށް މިޖިންނިތަކަށް ފެންނަ ކަންތައްތައް ނުފެންނަ ހިނދުގައިވެސް އެބައިމީހުންނަށް ވަނީ ދެނެގަތުމުގެ ބާރުގެ ބަރަކާތްތެރިކަން ލިބިފައެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ތެދުކަން ދެނެގަތުމަށާއި ބަލައިގަތުމަށް، ދިރިހުރި މުޢުޖިޒާތެއް ކަމުގައިވާ ޤުރުއާނާއި އެހެނިހެން ބުއްދިޔާއި ސަބަބުތަކާއި ގުޅުން ހުރި ހެކިތައް އިންސާނުންނަށް ލިބިފައިވަނީ މިސަބަބާއިހުރެއެވެ. އެހެންނަމަވެސް އިންސާނާ ދެކޮޅުހަދާނަމަ (އެކަމެއްގެ ސަބަބުން ބޮޑާކަމާއި ދެކޮޅުހެދުމަށް މެދުވެރިކުރާ) މިދެނެގަތުމުގެ ބާރުގައިވަނީ ކޮން ފައިދާ އެއްހެއްޔެވެ.
ޝައިޠާނާގެ ޢަމަލެއްކަމުގައިވާ ދެކޮޅުހެދުމާއި ބޮޑާކަމުން، އަހަރުމެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
އިބިލީހާއި ބެހޭގޮތުން އޭނާ އިތުރުރަށް ބުނިގޮތުގައި، އިބިލީސް އަތުގައި ފެންމަތީގައިވާ ތަޚްތެއް ވެއެވެ.
ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ.
”އިބިލީސް އޭނާގެ ތަޚްތު ފެންމަތީގައި ބޭންދިއެވެ. ދެން އޭނާ އޭނާގެ މަންދޫބުން އެކިތަންތަނަށް ފޮނުވައެވެ...“ (މުސްލިމް: 5023)
އިބިލީސް އެމީހުންގާތުގައި ތިމަން ޤިޔާމަތް ދުވަހުގައި ތާޖެއް އަޅާނޭކަމަށްވެސް ބުނެފައިވެއެވެ. އަދި ޙައްދެއްނެއް ހެޔޮ ޖަޒާއާއި ނިޢްމަތް ތަކާއިމެދު ވަޢްދުވެފައިވާކަމަށް އޭނާ ބުންޏެވެ.
”ކަލޭގެ ރައްބު ކަލެއަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއި މެދު ވަޢުދުވެވޮޑިގެންފައިވެއެވެ. އަދި އަހަރެމެންގެ އިބިލީސް ވެސް އަހަރުމެންނަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއިމެދު ވަޢްދުވެފައިވެއެވެ.“
ހަމަކަށަވަރުން އޭނާގެ (އިބިލީހުގެ) ވަޢުދަކީ ދޮގުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަދައިންނެވެ.
އަދި ހަމަޔަޤީނުންވެސް ޝައިޠާނާ، އޭނާއަށް ހެއްލެނިވެގެންވީ މީހުންނަށް ފުރަގަސްދޭނެއެވެ.
އިބިލީހުގެ ރީތި ކަމާއި މެދު އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް ވިއެވެ. އޭނާ ތަކުރާރުކޮށް އިބިލީހަކީ ހާދަ ރީތި އެއްޗެކޭ ބުނަމުން ދިޔައެވެ. (أعوذ بالله منه) އަދި ވަރަށް ނުބައިމީހަކު ދައްކާނެ ފަދަ ވާހަކަތައް އެނާ ދެއްކިއެވެ. އަހަރެން އެވާހަކަތައް މީގައި ނުހިމަނާނަމެވެ.
އެޖިންނި އަވަލާފައިވާ އަންހެން ކުއްޖާއަށް ސިހުރު ހަދާފައިވަނީ އޭނާގެ މައްޗަށް އޮތް ހަސަދަވެރިކަމަކާއި ގުޅިގެން އެއަންހެން ކުއްޖާގެ ގާތްތިމާގެ މީހެކެވެ. ﷲ ގަންދީ ބުނަމެވެ. އެދުވަހު އޭނާގެ މައްޗަށް އަހަރެން ފަލަޤް ސޫރަތް ކިޔަވަމުން ގޮސް އެސޫރަތުގެ ފަހު އާޔަތާއި ހަމަޔަށް ކިޔެވުމުން އަހަންނަށް އިޙްސާސް ވަމުންދިޔައީ އެއީ އަހަރެންގެ ޙަޔާތުގައި އެންމެފުރަތަމަ ފަހަރަށް އެއާޔަތް ކިޔެވި ފަހަރުކަމަށެވެ. އެއާޔަތުގެ މާނަ އަހަންނަށް ފުރިހަމަޔަށް ތަޞައްވުރު ވަމުން ދިޔަކަހަލައެވެ. ”އަދި ހަސަދަ ވެރިވާ ހިނދު ހަސަދަ ވެރިޔާގެ ނުބައިކަމުންނެވެ.“
ހަސަދަވެރިކަމުން ނިކުމެދާނެ ނަތީޖާ އަހަރެންނަށް ފެންނަމުން ދިޔައެވެ. ހަސަދަ ވެރިވާ މީހާގެ ނުރައްކައުތެރިކަމާއި ބިރުވެރިކަން އަހަރެންނަށް ފެންނަމުން ދިޔައެވެ. (أعوذ بالله) އެދުވަހު އަހަރެންނަށް، ނުބައި ލޯތަކުންނާއި ހަސަދަވެރިންގެ ކިބައިން ރައްކާތެރި ވުމަށް ކުރާ ދުޢާއާއި ހެދުނާއި ހަވީރުގެ ޛިކުރުތަކުގެ މުހިއްމުކަން ވިސްނުނެވެ.
އަހަރެންނަށް މިޙާދިޘާގެ ކުރިން އެނގިފައިވާ ޖިންނީންގެ ވާހަކަތަކެއްވެސް ހިމަނާލާނަމެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ބިލާލް ފިލިޕްސްގެ ފޮތްތަކުންނާއި، ޝައިޚް ޔާސިރް ޤާދީގެ އަޤީދާ ކްލާސްތަކުން އަހަރެންނަށް އެގިފައިވާ އަދި، ސީތާ އާއި ދެކެވުނު ވާހަކަތަކުން ޔަޤީންކަން އިތުރުވި ވާހަކަތަކެވެ.
އޭނާއަށް (ސީތާއަށް) އެއަންހެން ކުއްޖާ ދޫކޮށްލެވޭނީ އޭގެ ބަދަލުގައި އެހެން މީހެއްގެ މައްޗަށް ބާރުފޯރުވާގޮތަށް ކަމުގައި ބުންޏެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.
”މީހުންނަށް ގޯނާ ކުރުމަކީ އަހަންނަށް ހިތްހަމަޖެހުމާއި މަޖާކަން ލިއްބައިދޭ ކަމެކެވެ.“ ( أعوذ بالله)
އޭނާ، އޭނާގެ މައްޗަށް ސަމާލުކަން ލިބުމަށް ބޭނުންވެއެވެ. އެނާ އެހާ ވާހަކަ ގިނަ ކުރީވެސް އެސަބަބާއި ހުރެއެވެ. ކޮންމެއަކަސް އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން (އޭނާއަށް ވީވަރަކުން) އޮޅުވާލާ މަކަރު ހެދުމަށް މަސައްކަތް ކުރި ދޮގުވެރިއެކެވެ.
އެއަންހެން ކުއްޖާ ފާޚާނައިގައި ވަނިކޮށް އޭނާ އެކުއްޖާގެ މައްޗަށް ވަރަށް ބޮޑަށް ގަދަވެގެންފައިވެއެވެ. ތެދުތެދަށް ބުނާނަމަ އެވާހަކަތަކުން ގިނަވާހަކަ ތަކަކީ ވަރަށް ބިރުވެރި ވާހަކަތަކެވެ. އަހަރެން އެވާހަކަތަކެއް ނުހިމަނާނަމެވެ. އަހަރެންގެ އިޚްލާޞްތެރި ނަޞޭހަތަކީ ފާޚާނާއަށް ވަންނަ ހިނދުގައި ކިޔާ ދުޢާ ކިއުމަށް އެއްގޮތަކަށްވެސް ހަނދާން ނައްތާ ނުލުމެވެ.
މިވާހަކަތަކުގެ އިތުރުން އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަހުރިހާ އެންމެނަށްވާ ނަޞޭހަތެއް ހިމަނާލާނަމެވެ. ﷲ އާއި މެދު ވަރުގަދަ އީމާން ތެރިކަމެއް ބޭއްވުމާއި އެއިލާހަށް ހަމައެކަނި ތަވައްކަލް ކުރުމަކީ ޝައިޠާނާއާއި ދެކޮޅަށްވާ ވަރުގަދަ ހަތިޔާރެކެވެ. އަހަރެންނަށް އެއަންހެންކުއްޖާ ހުއްދަ ދީފިނަމަ، އޭނާއަށް އެޖިންނި ގޯނާ ކުރަން ފެށިއިރު އޭނާ އުޅެމުންއައި ގޮތާއި ފަހުން އޭނާގެ އީމާންތެރިކަން އިތުރުވުމުގެ ސަބަބުން އެޖިންނި ބަލިކަށިވެފައިވާ މިންވަރާއި މެދު އަހަރެން ތިއަޚުންނާއި އުޚްތުންނަށް ކިޔައިދިނުމަށް ބޭނުމެވެ.
އެރިވެތި (ހެދުނާއި ހަވީރުގެ އަދި އެހެނިހެން) ދުޢާތަކާއި ޛިކުރުތަކަކީ ހަމަކަށަވަރުންވެސް މުއުމިނުންގެ ކިއްލާއެކެވެ. ތެދުތެދަށް ބުނާމަ (ﷲ ގެ ޢިޛްނަފުޅާއިއެކެ) ހަމައެކަނި އަހަރެމެންނަށްވާ ދިފާޢުއަކީ މިއީއެވެ. އެކަމަކު އެކަންތައްތައް އެއީ އަހަރެމެންނަށް ލިބޭ ބާރަކަށްވާހުށީ ފުރިހަމަ ޔަޤީންކަމާއި ވަރުގަދަ އީމާންތެރިކަމާއެކު (އިޚްލާޞްތެރިކަމާއެކު) އެދުޢާތައްކޮށް ޛިކުރުތައް ކުރުމުންނެވެ.
ނަމާދަށް ފަރުވާތެރިވެ ޤުރާއާން ކިޔަވާ ހަދާށެވެ. ޤުރާއާން ކިޔަވާ ހެދުމަށް ހަނދުމަނެތި ކޮށްނުލާށެވެ. ސަބަބާކައި ހުރެ ނުކިޔެވޭނަމަ ކޮންމެ ދުވަހަކުވެސް ގޭގައި ޤުރުއާން ޖަހާފައި ބަހައްޓައިގެން އަޑު އަހާށެވެ. ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުން ކުރަންޖެހޭ ޛިކުރުތައް ދޫކޮށް ނުލާށެވެ. (އެއީ ޝައިޠާނުންނަށް ތިބާއާއިއެކު ގެއަށް ވަނަ ނުދިނުމަށްޓަކައެވެ.) ކެއުމުގެ ކުރިން ﷲ ގެ ނަންފުޅު ގަތުމާއި، ފާޚާނާއަށް ވަނުމުގެ ކުރިން ކިޔާ ދުޢާއާއި، ޚާއްޞަކޮށް ނިދުމުގެ ކުރިން ކުރާ ޛިކުރުތައް މަތިން ހަދާން ނައްތާ ނުލާށެވެ. އިންސީންނާއި ޖިންނީންގެ ތެރެއިންވާ އެންމެހައި ޝައިޠާނުންގެ ފިތުނައާއި ނުބައިކަމުން، ﷲ ތަޢާލާ، އަހަރެމެން ސަލާމަތް ކުރައްވާށިއެވެ! އަހަރެމެންގެ އަނބިދަރިންނާއި ޢާއިލާއާއި އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާންދޭވެ!
އެންމެ ފަހު އަދި އެންމެ މުހިއްމު ވާޖިބެއްކަމުގައި ދެކެނީ އަހަރެންނަށް މިކަންތައްތައް އޮޅުންފިލުވާދީ އުގަންނާއިދީ މިކަންތައްތައް ކުރަންވީގޮތް ކިޔާދީ ހެއްދެވުމަށް އެބޭފުޅާގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވިކަމަށްޓަކައި، ﷲ تعالى ޙަޟްރަތުން ޝައިޚް ޔާސިރް ޤާދީއަށް ހެޔޮޖަޒާދެއްވުމަށް އެދި ދުޢާކުރުމެވެ.
g of my post. And here is the rest of it.
Posted by
filaavalhu
at
١١:٤٢
0
comments
١٤.٧.٠٩
ޙައްދު ޖެހުމުގެ
ޢަދަބު ރާއްޖޭގައި ތަންފީޒު ކުރަމުން ގެންދާތީވެ، އެކަމަށް މަލާމާތްކޮށް،
ހަޖޫޖަހައި، ވަޤުތުން އެކަންހުއްޓާލުމަށް ގޮވާލައި 9 ޖުލައި 2009 ގައި
މިނިވަންނޫހުގައި ޝާއިޢުކޮށްވާތީވެ، އެކަން އެންމެ ހަރުކަށި ޢިބާރާތުން
ކުށްވެރިކޮށް، މިމައްސަލާގައި ދިވެހިސަރުކާރުން، ރައްޔިތުންނަށް ފުރިހަމައަށް
ޖަވާބު ދާރީވުމަށް ގޮވާލައި ޖަމްޢިއްޔަތުލް އިސްލާޙްއިން ނޫސްބަޔާނެއް ނެރެފިއެވެ. އަދި މިނިވަން ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމުގެ ތަރުޖަމާ މިތާނގައި ހިމަނާލަމެވެ. މިނިވަން ނޫހުގެ މި ލިޔުން ތަރުޖަމާ ކޮށްފައިވަނީ ޖަމްޢިއްޔަތުއްސަލާމް ކިޔާ ޖަމްޢިއްޔާއަކުންނެވެ.
Posted by
filaavalhu
at
٠٧:٣٣
0
comments
١٢.٧.٠٩
ޙައްދުޖެހުމާއި ދެކޮޅަށް ވާހަކަ ދައްކަނީ ދީނުގައި އެކަންތައް އޮންނަގޮތް ނޭނގޭތީ
ޒިނޭ ކުރުމުން ޙައްދު ޖެހުން ރާއްޖޭގައި ހުއްޓާލުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ސަރުކާރަށް ގޮވާލަމުން ދިއުމާއި އަދި ބައެއް މީޑިއާތަކުން ޙައްދު ޖެހުމާއި ދެކޮޅަށް ތަފާތު ލިޔުންތައް ލިޔަމުންދާ ދިއުން، ދީނީ ޢިލްމުވެރިން ކުށްވެރިކުރައްވައިފިއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝޭޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިފަދަ ވާހަކަތައް އެފަދަ ފަރާތްތަކުން ދައްކަމުން ދަނީ އިސްލާމް ދީނުގައި ކަންތައްތައް އޮންނަގޮތް ނޭނގޭތީކަމަށާއި ދީނުގައި އޮންނަނީ ހަމަހަމަކޮށް ޝަރީޢަތް ކުރުމަށް ކަމަށެވެ. އަދި އިންސާނީ ޙައްޤުތަކޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކަމުން ދާއިރު އިރާޤާއި، ފަލަސްތީނާއި އަފްޣާނިސްތާނު
ފަދަ ޤައުމުތަކުގައި މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަނެ ކުށެއް ނެތް މުސްލިމުން މަރަމުން ދާއިރު އެވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.
މިހާރުވެސް 200އަށްވުތެ ގިނަ އަންހެނުންގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމް ކުރަން ޖެހިފައިވާއިރު ޝޭޚް ޝަހީމް ވިދާޅުވީ ކަންތައްތައް މިހިސާބަށް ދިޔައީ މާޒީގައި ކަންތައްތައް ކުރެވިފައިވާ ގޮތުންކަމަށާއި އަހަރެމެންގެ އަޚްލާޤީ މިންގަނޑާއި ދީނީ ކަންތައްތައް ގޮސްފައިވާ ދަރަޖައިގެ ސަބަބުން ކަމަށެވެ. ނަމަވެސް އިޞްލާޙުގެ މަގުން ކަންތައްތައް ގެންދިއުމަށް ކުރެވެން ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެ ބައިވެރިވެފައިވާ ބައެއް މުޢާހަދާތަކުގެ ސަބަބުން އަނިޔާ ކުރުމާއި ލާއިންސާނީ ޢަމަލްތައް މަނާކުރާކަމަށް އެމްނެސްޓީން ބުނާއިރު ރާއްޖޭގެ ޤާނޫނު އަސާސީގެ 10ވަނަ މާއްދާގެ ހ، އާއި ށ އަށް ރިޢާޔަތް ކުރައްވަމުން ޝޭޚް ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމި ދީން ކަމަށާއި އެމްނެސްޓީން އެކަމަށް ގޮވާލިނަމަވެސް ރާއްޖޭގައި ޙައްދު ޖެހުން ހުއްޓާލަން ނުޖެހޭ ކަމަށެވެ. އަދި ދީނުގެ ބައެއް ޙުކުމްތައް ރާއްޖޭގައި ތަންފީޒު ނުކުރުމަކީ އަނެއްބައިކަންތައްވެސް ދޫކޮށްލަންޖެހޭ ކަމެއް ނޫންކަމަށް ޝޭޚް ޝަހީމް ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝޭޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ މިއީ މާތް ﷲ ކިރިތީ ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން އީމާންވާ މީސްތަކުންގެ މައްޗަށް އަންގަވާފައިވާ ޙުކުމެއް ކަމަށާއި މިކަމާއި ދެކޮޅު ހެދޭނެ އެއްވެސްގޮތެއް ނެތް ކަމަށެވެ. "ޙުކުމް ޤާއިމް ކުރަން މިޖެހެނީ އީމާންވާ މީސްތަކުންގެ މައްޗަށް، ޙަޤީޤަތުގައި މިމީހުންގެ މަޤްޞަދަކީ ކޮންމެހެން އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމެއް ނޫން. މިމީހުންގެ މަޤްޞަދަކީ އިސްލާމް ދީނާއި ޤުރުއާނަށް ފުރައްސާރަކުރުން، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ޒިނޭ ކުރުން މިހާ އާއްމުވެފައިވާތީ، ދެން އެ ވިދާޅުވަނީ ރާއްޖޭގައި އިސްލާމީ ޝަރިޢަތުގެ އެހެން ޙުކުމްތައް ތަންފީޒެއް ނުކުރެއޭ. ޙަޤީޤަތުގައި އެހެން ޙުކުމްތައްވެސް ތަންފީޒު ކުރަން ޖެހޭނެ. ނަމަވެސް އެއް ކަންތައް ނުކުރެވުނީމަ އޭގެ މާނަ އަކީ އަނެއް ކަންތައް ދޫކޮށްލާށެކޭ ނޫން" ޝޭޚް ޢަބްދުﷲ ވިދާޅުވިއެވެ.
ޒިނޭ ކުރުން ފަދަ ފާޙިޝް ޢަމަލް ތަކުން ދުރުވެ، އިސްލާމީ ރިވެތި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބިނާކުރުމުން ޙައްދު ޖެހުމުގެ ވާހަކަ ދައްކަން ނުޖެހޭނަކަމަށް ޝޭޚް ޢަބްދުﷲ ވިދާޅުވިއެވެ.
ދެ ފަހަރެއްގެ މަތިން ދެ ފިރިހެނަކާއި ޒިނޭކުރިކަމަށް 18 އަހަރަގެ އަންހެންކުއްޖަކު އިޢުތިރާފު ވުމާއި ގުޅިގެން މިމަހުގެ 5ވަނަ ދުވަހު އެކުއްޖާ ގައިގައި 100 އެތިފަހަރުން ތަޢުޒީރު ކުރުމުން އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލް އިންވެސް ދަނީ ޙައްދު ޖެހުން އެއީ ލާއިންސާނީ ޢަމަލެއް ކަމުގައި ބުނެ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.
Posted by
filaavalhu
at
١٩:٠٢
0
comments
Labels: ޚަބަރު
١١.٧.٠٩
ވާހަކަދެއްކުމުގެ މިނިވަންކަން މުޅިން ހިފެހެއްޓިފައި އޮތުމަށްފަހު އެމިނިވަންކަން ލިބިފައިވަނީ ހައްދު ފަހަނައަޅާފައިވާ ގޮތެއްގައި: ބީއޭ ނަސީމް
ވާހަކަދެއްކުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި މީގެ ކުރިން އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފައިކަމަށާއި އެއަށް ފަހު އެމިނިވަންކަން ލިބިފައިވަނީ ހައްދުފަހަނައަޅާފައިވާ ގޮތެއްގައި ކަމަށް އެމްޑީޕީގެ ދީނީ މަޝްވަރާމަޖިލީހުގެ ރައީސް އައްޝައިޚު އާދަމްނަސީމު (ބީ.އޭ ނަސީމު) ވިދާޅުވެއްޖެއެވެ.
ބުރާސްފަތިދުވަހުގެ ރޭ ކަލާފާންސްކޫލްގައި އޮތް އަދާލަތު ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ނަސީމު ވިދާޅުވިގޮތުގައި މީގެ 40 ނުވަތަ ފަންސާސް އަހަރުކުރިން ފެށިގެން ވާހަކަދެއްކުމުގެ މިނިވަންކަން ރާއްޖޭގައި އޮތީ ހިފެހެއްޓިފައިކަމަށާއި އޭގެ ފަހުން މިނިވަންކަން ލިބިފައިވަނީ ހައްދުފަހަނައަޅާފައިވާ ގޮތެއްގައެވެ.
"ވާހަކަދެއްކުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ހައްދުފަހަނައަޅާފައިވާ ގޮތެއްގައި، ދުނިޔޭގެ ފެންވަރުގައި" ރާއްޖޭގެ ބައެއް ޓީވީޗެލްތަކުންނާއި ރޭޑިއޯޗެނަލްތަކުން ފޮނުވަމުންދާ ބައެއް ޕްރޮގްރާމްތަކަށް އަލިއަޅުވާލަމުން ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވިގޮތުގައި ރޭޑިއޯޗެނަލްތަކާއި ޓީވީ ޗެނަލްތަކުން ދައްކާ ބައެއް ޕްރޮގްރާމްތަކުގައި ހަގީގަތް އޮޅޭފަދަ ވާހަކަތައް ދައްކަމުންދެއެވެ. އަދި އެއީ އެއްގޮތަކަށްވެސް އިސްލާމީ މުޖުތަމައެއްގައި އެއްގޮތަކަށް ވެސް އެކަން ވެގެންވާނެ ގޮތެއްނޫންކަމަށް ވެސް ޝައިޚު ނަސީމު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަދައްކަމުން ޝައިޚު ނަސީމު ވަނީ ރާއްޖޭގެ ޓީވީޗެނަލްތަކާއި ރޭޑިއޯޗެނަލްތަކުން ދައްކަމުން ގެންދާ ޕްރޮގްރާމްތައް އިސްލާޙުކުރުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ބައެއްޓީވީ ޗެނަލްތަކުން މުޖުތަމައަށް ނުބައި އަސަރުތަކެއް ކުރާފަދަ ބައެއް ޕްރޮގްރާމްތައް ދައްކަމުންދާކަން އާއްމުން ވެސް ދަނީ ފާހަގަކުރަމުންނެވެ.
Posted by
filaavalhu
at
١١:٣٨
0
comments
١٠.٧.٠٩
”އަންހެނުން ގެއިން ބޭރުގައި މަސައްކަތް ކުރުމުގެ ގެއްލުން“ - ޑޮކްޓަރެއްގެ ގަލަމުން
ދިރާސާތަކުން ދައްކާގޮތުގައި އިގިރޭސި ވިލާތުގައެ ކޮންމެ ހަތަރުމީހުންކުރެ އެކަކީ އުމުރުގެ ކޮންމެވެސް އެއްދުވަސްވަރެއްގައި ނަފްސާނީ ބަލިމަޑުކަމަކާ ކުރިމަތިލާމީހެކެވެ. މިކަމުގެ ސަބަބުން ހާސްކަން ކުރިމަތިވެއެވެ. މިއީ ދަރިމައި ނުވުމުގެ އެއް ސަބަބެވެ. މިކަން ފެށެނީ އަޅުގަނޑުމެން ތުއްތުކުދިންގެ ގޮތުގައި ހޭދަކުރާ ދުވަސްތަކުގައެވެ. މިކަމުގެ ސަބަބުން ޕެނިކް އެޓޭކް, އިންސޮމްނިއާ އަދި އެންޒައިޓީ ފަދަ ކަންތައްތަކަކީ މީހުން ކުޑައިރު ބެލެނިވެރިންނާ ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ކަންތައްތަކެކެވެ.
ހުޅަނގުގެ ގައުމުތަކުގައި ދަރިމައިވުމާ ބެހޭ ގޮތުން އެކަށައަޅާފައިވާ ސިޔާސަތުތަކުގައި އިސްކަންދީފައިވަނީ ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށެވެ. މީގެ މައިގަނޑު މަގުޞަދަކީ އަންހެނުން ސަލާމަތްކަމާ އެކު އަވަހަށް ވިހެއުމެވެ. ތުއްތު ކުދިންނަށް މައިންބަފައިންގެ ލޯބި ބޭނުންވާނެ މިންވަރު ހާމަ ކޮށް، ވިދާޅުވަނީ، މައްމަލީގެ ތެރެއިން ދުނިޔެއަށް އުފަންވާއިރު އެންމެ ކުޑަކޮށް ތަރައްގީވެފައި ތިބޭ ބަޔަކީ އިންސާނުންނެވެ. އަދި އިންސާނުން ތަރައްގީވާން ފަށަނީ ދުނިޔެއަށް އުފަންވުމަށް ފަހުގައެވެ. އެހެން ކަމުން ތުއްތުކުދިންގެ ގޮތުގައި ހޭދަކުރާ ދުވަސްތަކުގައި ކުރިމަތިވާ މައްސަލަތަކަކީ އިންސާނުންގެ މުޅި އުމުރުގައި ވެސް ދެމިހުންނަ މައްސަލަތަކެކެވެ.
އަދި ތުއްތުކުދިންނަށް އެކުދިންގެ ތުއްތު އުމުރުގައި ޚާއްޞަކޮށް، ފުރަތަމަ ދެ އަހަރު މަންމަގެ ލޯބި ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އަދި ބައްޕަގެ ލޯބިވެސް އެކުދިންނަށް މުހިއްމެވެ. އަދި މިޒަމާނުގައި މިހުންނަ ކުޑަކުދިން ބަލަހައްޓައިދޭ ގޭގޭގައި ތިބޭ މީހުންދޭ ލޯބިން ތުއްތުކުދިންނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެހެނީ ތުއްތު އުމުރުގައި މަންމަގެ ގައިގާ ތަތްވެގެން އޮންނަން ކުދިން ބޭނުންވާއިރު، އެކުދިން ހިލޭބައެއްގެ އަތްމައްޗައް ދޫކޮށްލުމުން ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އަދި އެމައްސަލަތަކުގެ ގެއްލުން އުމުރުގެ ފަހުގެ އަހަރުތަކުގައި ފެނިގެން ދެއެވެ.
ާ މިރިޕޯޓްގައި މަންމައިން އެމީހުންގެ ތުއްތުކުދީންނާ މެދު ކަންތައް ބަހައްޓަން ޖެހޭނެ ގޮތް ލިއުއްވާފައިވެއެވެ. އެހެންނޫންނަމަ ބުނެވި ދިޔަ މައްސަލަތައް ކުރިމަތިވާނެކަމަށް ވެސް އޭނާ ލިއުއްވާފައިވެއެވެ. ދެއަހަރު ވަންދެން މަންމަގާތު ނިންދަވަންވާނެކަމަށާއި، ކުއްޖާ އުރާނުލައި ގިނައިރު ބާއްވައިގެން ނުވާނެކަމަށާއި، މަންމަ ބަލިވެއްޖެނަމަ އެކަންތައް ކޮށްދޭންޖެހޭނީ ކުއްޖާގެ ބައްޕަކަމަށެވެ. އަދި ދުރުހިލޭބައެއްގެ އަތްމައްޗައް އެކަންދޫކޮށްލައިގެން ނުވާނެކަމަށެވެ. އެހެންނޫންނަމަ ގިނަކުދިންތަކެއް ބޮޑެތިވަމުންދާނީ ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައެވެ.
ނޯޓް: މި ލިޔުމުގެ އަޞްލަކަށް ބައްލަވައިފައިވާނީ ޖަޒީރާ ޑެއިލީ- މުޙައްމަދު ނަސީމު-
ލިޔުއްވާފައިވާ ލިޔުމެކެވެ. http://www.jazeera.com.mv/posts/view/21753
Posted by
filaavalhu
at
٠٧:٢٧
0
comments
Labels: އަންހެނުން
٩.٧.٠٩
ރާއްޖޭގައި ފުރަތަމަ ފަހަރަށް 10 އަހަރުގެ ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ އުމުރުން 10 އަހަރުގައި ހާފިޒާއަކަށް ވި އަންހެން ކުއްޖަކީ އައިޝަތު އީނާސް ފުރުސާން, ހ.ބަޔަންކާ 10އ. އެވެ.
ގުރްއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުﷲ ސައީދު ވިދާޅުވީ އީނާސް އަށް ހާފިޒާ ކަމުގެ ސަނަދު މިމަހުގެ 16ވަނަ ދުވަހު ގައުމީ ގުރުއާން މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާގައި ހަވާލުކުރެވޭނެ ކަމަށެވެ.އަބްދުﷲ ސައީދު ވިދާޅުވީ އީނާސްގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އީނާސް ނާސަރީގައި ކިޔެވި ދުވަސް ވަރުން ފެށިގެން ގުރުއާން ކިޔެވުމަށް ހާއްސަ ލޯތްބެއް ހުންނަ ކަމަށެވެ.
"މިތަނުގައި އޮންނަ ގޮތުން ދުވާލަކު ފޮތެއް ކިޔަވައި ދޭން ޖެހޭނެ. އީނާސް ކިޔަވައިދިންއިރު ޖެހިފައި އޮތީ މުޅި ޖުމްލަ ހަތަރު ކުށް. އެއީ ވެސް މިތަނުގައި ރެކޯޑެއް." ސައީދު ވިދާޅުވިއެވެ.
ގުރްއާން ހިތުދަސްކުރަން ބޭނުންވެގެން ގްރޭޑް ތިނެއް ގައި ކިޔެވުމަށް ފަހު އޭނަގެ ބެލިނިވެރިންކައިރީ އެދިގެން އަމިއްލައަށް ސުކޫލުން ވަކިވި އީނާސް ގުރްއާން ހިތުދަސްކުރުމަށްފަހު، މިހާރު ކިޔަވަމުންދަނީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 4ގަ އެވެ.
Posted by
filaavalhu
at
٢٠:٥٧
0
comments
Labels: ޤުރުއާން
٢٥.٤.٠٩
އަބާއްޖަވެރިވުމުގެ ސަބަބުތައް
ޢިލްމުވެރިން ވިދާޅުވަނީ އިންސާނާ އަބާއްޖަވެރިވެ، ސީދާ މަގުން އެކަހެރިވަނީ 10 ކަމެއްގެ ސަބަބުންނެވެ.
Posted by
filaavalhu
at
١٨:١١
0
comments
١٤.٩.٠٨
١٢.٩.٠٨
ނަމާދު ޤާއިމް ނުކުރާ މީހެއްގެ ކިބައިން ރޯދަ ޤަބޫލެއް ނުކުރެވޭނެއެވެ.
ރޯދައާއި ނަމާދާއި ހުރި ގުޅުމާއި ބެހޭގޮތުން فضيلة الشيخ محمد صالح العثيمين رحمه الله އާއި ކުރެވުނު ސުވާލުގެ ޖަވާބުގައި شيخ ވިދާޅުވިއެވެ. "... އޭ ނަމާދު ނުކޮށް ރޯދަހިފާ މީހާއެވެ! ތިބާ ބޮޑު ފާފައިން ރައްކައުތެރި ނުވަމެވެ. ފަހެ ނަމާދު އެޅުމަށްވުރެ ވަކި ބޮޑުފާފައަކީ ކޮބައި ހެއްޔެވެ! އެހެނީ ނަމާދު އެޅުމަކީ ކުފުރެކެވެ. އަދި ތިބާގެ ކިބައިން ތިބާގެ ރޯދަވެސް ޤަބޫލު ނުވާހުއްޓެވެ..."
އޭ ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ! ތިމާއަށް ނަމާދު އެޅިފައިވާނަމަ އަވަހަށް ތައުބާވާށެވެ. ފާފަކުރުން ހުއްޓާލައި ކުރެވިފައިވާ ފާފައާއި މެދު ހިތާމަކޮށް ފާފަ ނުކުރުމަށް ޢަޒުމް ކަނޑައަޅަންވީއެވެ. ކުފުރުން ސަލާމަތްވެ މުއުމިނުންގެ ތެރެއިން ވުމަށް އަވަސްވެގަންނާށެވެ. ނަރަކައިގެ ޢަޒާބަށް ބިރުވެތިވާށެވެ!
ނޯޓް: މިއީ ދީނީ ނިވުސް އިން ނަގާފައިވާ މަޢުލޫމާތު ކޮޅެކެވެ. އަސްލަށް ރުޖޫޢަވުމަށް ...

Posted by
filaavalhu
at
٠٥:٢٠
0
comments


